މި ޅެމާއި ވީޑިއޯ ވަނީ 1432ވަނަ އަހަރުގެ
ރަމަޟާންމަހު އެމްއެންބީސީ ވަން އިން ފޮނުވާފަ އެވެ.
"މަޢާފުކުރާށޭ"
ކިޔާފައި ވަނީ: އަޙުމަދު ބުޚާތިރް
ޅެމަކުން ދިވެހި ތަރުޖަމާ: އިބްރާހީމް
ނާޒިމް
___________________________________________
މިއަދު ބަސްތެރެއިން
ރަން އިސްތަށިގަނޑެއްލީ އަންހެން ކުއްޖަކު އަހުރެން
ދެކުނިން
އެފަދަ ރީތިކަމެއް އަހުރެންނަށް ވެސް ލިބެން
އެދުނިން
ދެން ކުއްލިޔަކަށް އެ ކުއްޖާ ތެދުވެއްޖެ ދާން
ގޮނޑިތައް ދެމެދުން ދަތި ގޮތަކަށް ހިނގޭތޯ އޭނާ
އުޅޭތަން ފެނުމުން
އެނގުނީ އޭނާ އަކީ އެއްފައިނެތް ކުއްޖެއްކަން އަދި
ހުރީ އަސާއެއްގެ އެހީގައިކަން
އޭ ﷲ މި އަޅާއަށް މަޢާފުކުރައްވާނދޭވެ! މި ކުރެވުނު
ޝަކުވާއާއި ގުޅިގެން
އަހުރެންނަށް ދެފައި ދެއްވާފައިވުމުން ދުނިޔެ ވަނީ
ހިތަކަށް ލިބިގެން
އަހުރެން ބޭނުންތަނަކަށް ދާން ދެފައި
ދެއްވާފައިވާކަމުން
އިރުއޮއްސޭ ދަޅަތައް ބެލުމަށް ދެ ލޯ
ދެއްވާފައިވާކަމުން
އަޑުއަހައިގެން އުނގެނެން ދެ ކަންފަތް
ދެއްވާފައިވާކަމުން
އޭ ﷲ މި އަޅާއަށް މަޢާފުކުރައްވާނދޭވެ! މި ކުރެވުނު
ޝަކުވާއާއި ގުޅިގެން
އަހުރެންގެ މައްޗަށް ރަޙުމަތްވާކަމުން ދުނިޔެ ވަނީ ހިތަކަށް
ލިބިގެން
މެޓާކޮޅެއް ގަންނަން އަހުރެން ތަނަކަށް މަޑުކޮށްލިން
މީހުންގެ ހިތްދަމައިގަންނަ ފަދަ ޒުވާން ފިރިހެން
ކުއްޖަކު އެތަނުގައި އިން
އަހުރެން އޭނާއާއި ވާހަކަދައްކާލުމާއެކު އޭނާގެ
ކިބައިން ފެނުނީ އުފާވެރިކަން
އަހުރެން ލަސްވިނަމަވެސް އޭނާއަށް ލިބޭނެ ގެއްލުމެއް
ނެތްފަދައިން
އަހުރެން ދާން ފެށުމުން އޭނާ ދިޔަ ބުނަމުން
"ތިބާއަށް
ޝުކުރުކުރަން، ދެކެފިން ތިބާގެ ހިތްހެޔޮކަން
ދަންނާށޭ އަހުރެން މިއީ ކަނު މީހެއްކަން"
އޭ ﷲ މި އަޅާއަށް މަޢާފުކުރައްވާނދޭވެ! މި ކުރެވުނު
ޝަކުވާއާއި ގުޅިގެން
އަހުރެންނަށް ދެ ލޯ ދެއްވާފައިވާކަމުން ދުނިޔެ ވަނީ
ހިތަކަށް ލިބިގެން
އަހުރެން ބޭނުންތަނަކަށް ދާން ދެފައި
ދެއްވާފައިވާކަމުން
އިރުއޮއްސޭ ދަޅަތައް ބެލުމަށް ދެ ލޯ
ދެއްވާފައިވާކަމުން
އަޑުއަހައިގެން އުނގެނެން ދެ ކަންފަތް
ދެއްވާފައިވާކަމުން
އޭ ﷲ މި އަޅާއަށް މަޢާފުކުރައްވާނދޭވެ! މި ކުރެވުނު
ޝަކުވާއާއި ގުޅިގެން
އަހުރެންގެ މައްޗަށް ރަޙުމަތްވާކަމުން ދުނިޔެ ވަނީ
ހިތަކަށް ލިބިގެން
ނޫކުލައިގެ ދެ ލޮލުގެވެރި ކުޑަކުއްޖަކު އަހުރެން
ދެކުނިން
ކުދިންތައް ކުޅޭތަން ބަލަން އޭނާ ހުއްޓުންއަރާފައި
ހުރުމުން
ހަދާނޭގޮތްނެތި ވާނުވާ ނޭނގިފައި އެ ކުއްޖާ ހުރުމުން
އަހުރެން ހިނދުކޮޅަކަށް ހުއްޓިހުރެ އެކުއްޖާއަށް
ބުނެލިން
"ކޮއްކޮ
އެހެން ކުދިންނާއެކު ނުކުޅެނީ ކީއްވެގެން؟"
އެ ކުއްޖާ އެއްވެސް ޖަވާބެއް ނުދީ ހުރިގޮތަށް
ދުރުބަލަން ހުރުމުން
ދެން އަހުރެންނަށް އެނގުނީ އެއީ ބީރު ކުއްޖެއްކަން
އޭ ﷲ މި އަޅާއަށް މަޢާފުކުރައްވާނދޭވެ! މި ކުރެވުނު
ޝަކުވާއާއި ގުޅިގެން
އަހުރެންނަށް ދެ ކަންފަތް ދެއްވާފައިވާކަމުން ދުނިޔެ
ވަނީ ހިތަކަށް ލިބިގެން
އަހުރެން ބޭނުންތަނަކަށް ދާން ދެފައި
ދެއްވާފައިވާކަމުން
އިރުއޮއްސޭ ދަޅަތައް ބެލުމަށް ދެ ލޯ
ދެއްވާފައިވާކަމުން
އަޑުއަހައިގެން އުނގެނެން ދެ ކަންފަތް
ދެއްވާފައިވާކަމުން
އޭ ﷲ މި އަޅާއަށް މަޢާފުކުރައްވާނދޭވެ! މި ކުރެވުނު
ޝަކުވާއާއި ގުޅިގެން
އަހުރެންގެ މައްޗަށް ރަޙުމަތްވާކަމުން ދުނިޔެ ވަނީ
ހިތަކަށް ލިބިގެން
.....................................
ލިޔުނީ: އިބްރާހީމް ނާޒިމް
(މިޅެމާއި ވީޑިއޯ ވަނީ 1432ވަނަ އަހަރުގެ ރަމަޟާންމަހު އެމް.އެން.ބީ.ސީ ވަން އިން ފޮނުވާފަ އެވެ.)
ތަރުޖަމާ
ޒަޥްޖަތީ: މަގޭ އަނބިކަމަނާ
ތިބާ ތިޔަ ހުރިގޮތުގައި އަހުރެން ތިބާ ދެކެ ލޯބިވަން
ތިބާ ކުރިން ހުރިގޮތުގައި ވެސް އަހުރެން ތިބާ ދެކެ
ލޯބިވިން
ހިނގާދިޔަ ކަންތަކާއެކު ވެދާނެ ކޮންމެ ގޮތަކަށް ތައްޔާރުވެ އަހުރެން ހުރިން
ތިބާ ދެކެ އަބަދުވެސް ލޯބިވާން އަހުރެން ހުރިން
ތިބާ ތިޔައީ އަހުރެންގެ ހަލާލު އަނބިމީހާ ކަމަށް
ހެދުމުން
މީހުން ކިޔާފާނެ އެއްޗަކަށް، އަރުވަފާނެ ރުޅިއަކަށް
އަހުރެން ނުބަލަން
ވަނީތާއޭ ތަޤުދީރުގައި ލިޔެވިގެން
ތާއަބަދުމެ އެކުގައިވުމަށް ދެމީހުން
މަގޭ ހިތުގައި އުފައްދައިފީމެ ތިބާ ލޯބިވެތިކަން
ތިބާގެ ހެޔޮ ޢަމަލާ އަޅާލުންތަކުން
ނެތި ހިނގައިދޭ އުފާވެރިކަން ތިބާ ނެތް ހިނދުކޮޅެއް
އައުމުން
ޙަޔާތަށް އާދޭ އުޖާލާކަން ތިބާ ގާތުގައި ހުރުމުން
މުޅި ދުވަހުގެ ބުރަކަން
ފިލައިނުމެދޭ ގެއަށް އަހުރެންނަށް އާދެވެންދެން
ހިތާމަތައް ފިލާދިޔުން
ވަނީ ތިބާ ހިނިތުން ވެލުމުން
ހަޔާތަށް ވެރިވޭ އަނދިރިކަން
ތިބާ ރުޅިއައުމުން
ވީމާ އަހުރެން ގަދައަޅާ އުޅެން
ވީވަރަކުން ތިބާގެ ހިތްރުއްސަން
ތިބާ ތިޔައީ އަހުރެންގެ އުފާވެރިކަން
އެދެނީ އަބަދުވެސް ތިބާ އުފާވެރިކަންމަތީ ލެއްވުން
ދެމީހުންގެ ފުރާނަ ވަނީ ގުޅިގެން
ގަސްތަކާއެކު ބިންގަނޑު ވާފަދައިން
ތިބާ ތިޔައީ އަހުރެންގެ އުންމީދާއި އަމާންކަން
ހެޔޮ މިތުރަކަށް ވުމާއެކުގައި ހިތަށް ވެރިކުރުވާ
ބާރުވެރިކަން
ބުރަކަންމަތީ އުޅެންޖެހުނަސް ހަޔާތަށްވޭ ހެޔޮކަން
ތިބާ ހެޔޮ ހާލުގައި ހުރުމުން
ނިމުނީ
ލިޔުނީ: އިބްރާހީމް ނާޒިމް
No comments:
Post a Comment